މާއްދާ: ދިވެހި
ގުރޭޑް: 9
ސުރުޚީ: ވާހަކަ ލިޔުން
އެހީ: ދީފައިވާ ތަސްވީރު
މަގުޞަދު: ދެވިފައިވާ ކުރުވާހަކަ ކިޔުމަށްފަހު ގުރޫޕްގައި
މަޝްވަރާ ކޮށް ދެވިފައިވާ ވަގުތު ތެރޭގައި ވާހަކާގެ ހިމެނޭ މުހިންމު ހާދިސާ ނޯޓްކޮށް ކުލާހަށް ހުށަހެޅުން.
އެކްޓިވިޓީ ގެންދާނެގޮތް:
ކުލާހުގެ ހުރިހާ ދަރިވަރުން
6 ކުދިންނަށްވުރެ ގިނަނުވާގޮތައް ބަހާލާށެވެ. މި ގޮތަށް ބެހުމުގައި ދަރިވަރުންގެ
ޖިންސަށާއި، ޤާބިލްކަމަށާއި، ހުނަރުވެރިކަމަށް ރިޢާޔަތްކޮށް ވީހާވެސް ހަމަހަމަވާ
ގޮތަކަށް ބަހާށެވެ. ބަހާލެވުނު ގުރޫޕް ތަކަށް ( ކޮންމެ ގުރޫޕަކަށް )
ކުރުވާހަކައިގެ ވަކިވަކި ސަފުހާ ތަކެއް ކޮންމެ ކުއްޖަކަށްވާގޮތަށް ދޭށެވެ. އެއަށްފަހު ގުރޫޕްގެ ކޮންމެ ކުއްޖަކު ވަކިވަކިން ކިޔުމަށްފަހު
ގުރޫޕުމެދުގައި ކިޔައި މަޝްވަރާކޮށް އެވާހަކައިގެ މައިގަނޑު ހާދިޞާ ނޯޓްކުރާނީއެވެ.
އެއަށްފަހު ގުރޫޕްތަކުން މުޅިކުލާހަށް ވާހަކައިގެ މައިގަނޑު ހާދިސާ ހުށަހަޅާނީއެވެ.
ހުރިހާ ގުރޫޕްތަކުން ހުށަހެޅުމަށްފަހު ރަނގަޅަށް ހާދިސާ ކިޔައިދިން ގުރޫޕް
ފާހަގަކުރާނީއެވެ. އެއަށްފަހު ކުދިން ރަނގަޅު ކޮށްލަންޖެހޭ ޖެހޭ ކަންތައްތަކެއް
ވާނަމަ އެކަންކަން ކިޔައިދޭނީއެވެ.
No comments:
Post a Comment