Saturday, April 11, 2015

އެކުޓިވިޓީ 1 (އުފެއްދުން ތެރި ލިޔުން)



 ގުރޭޑް8
  *. މާއްދާ: ދިވެހި
  *ސުރުޚީ: އުފެއްދުންތެރި ލިޔުން
  *މަގުޞަދު : ދެވިފައިވާ ތަސްވީރަށް 15 ފޮޅުވަތާއި 25 ފޮޅުވަތާ ދެމެދުގެ އުފެއްދުން ތެރި ލިޔުމެއް ލިޔުން. 

   *ގެންދާނެގޮތް:
ކުލާހުގެ ހުރިހާ ދަރިވަރުން5ކުދިންނަށްވުރެ ގިނަނުވާގޮތައް ވީހާވެސް ހަމަހަމަވާ ގޮތަކަށް ބަހާށެވެ. ބަހާލެވުނު ގުރޫޕް ތަކަށް ( ކޮންމެ ގުރޫޕަކަށް ) ތަސްވީރެއްދޭނީ މުދައްރިސް ކަނޑައަޅާ ގޮތެއްގެ މަތީން ގުރުއަތުންނެވެ. އެއަށްފަހު އެގުރޫޕަކަށް ދިމާވި ތަސްވީރާއި ބެހޭގޮތުން ގުރޫޕް މެދުގައި މަޝްވަރާކޮށް ޚިޔާލު ބަދަލުކުރާނީއެވެ. އެއަށްފަހު ވަކިވަކި ކުދިންލައްވާ ތަސްވީރަށް އުފެއްދުންތެރި ލިޔުމެއް ލިޔާނީއެވެ.  އެއަށްފަހު ލިޔެވުނު ލިޔުންތަކުން 4 ލިޔުމެއް ކުލާހަށް ހުށައަޅާނީއެވެ. 
*. އެހީ:ތަސްވީރުތައް

2. އަޑުއެހުމުގެ ދޭހަ( ޅެމުގެ ހުސްތަން ފުރުން)

އެކުޓިވިޓީ 2  އަޑު އެހުމުގެ ދޭހަ)






އެކުޓީވިޓީ 2 އަޑުއަހައިގެން ޅެމުގެ ހުސްތަން ފުރުން

ގްރޭޑް 8
*. މާއްދާ: ދިވެހި
*. ސުރުޚީ އަޑުއެހުމުގެ ދޭހަ
މަޤުޞަދު:
ހ. ކަނުލައި އަޑުއަހާ ، އަޑުއިވޭ ތަކެތި ދޭހަވުން.
ށ. ކަނޑައެޅިފައިވާ ތިލަ ރައިވަރާއި ޅެން އަޑުއެހުން.
ނ. ޅެން އަޑުއެހުމަށްފަހު ޅެމުގައި ދީފައިވާ ހުސްތަންތަން ރަނގަޅަށް ފުރުން.

*. ކުރިއަށް ގެންދާނެ ގޮތް:


 ކުލާސް 4 ކުދިންނަށްވުރެ ގިމަނުވާނޭ ގޮތަށް ގްރޫޕްހަދާށެވެ. ޅެންއަޑުއިއްވާނީއެވެ. އެއަށްފަހު ކޮންމެ ގުރޫޕް ތަކުގެ ކޮންމެ ކުއްޖަކަށް ހުސްތަން ފުރަން ޅެން ހަވާލުކުރުމަށްފަހު އަނެއްކާވެސް ޅެންއަޑުއިއްވާނީއެވެ. ކުދިން ޅެމުގެ ހުސްތަން ފުރާނިމުމުން ގްރޫޕްމެދުގައި ރަނގަޅުތޯ ބެލުމަށް މަޝްވަރާ ކުރާނީއެވެ. އެއަށްފަހު މުދައްރިސް އަނެއްކާވެސް ޅެންއަޑުއިއްވާ ކުދިންގެ މަސައްކަތް ޗެކު ކުރާނީއެވެ. މިގޮތަށް ޗެކްކުރާއިރު އެއްކުއްޖަކު އަނެއްކުއްޖެއްގެ މަސައްކަތް ޗެކްކުރެވިދާނެއެވެ.











" ޖަމީލް ދީދީގެ ހަނދާންތައް "
މިޅެން މުދައްރިސް އަޑުއިއްވުމަށްފަހު އެޅެގެ ހުސްތަންތަން ފުރާށެވެ.

ހަނދުމަތައް--------------------- ދޫކުރައްވާފައޭ
             އަދު ވަޑައިތިޔަގަތީ -------------------- ރޮއްވާފައޭ

އާލިމެއް ------------------------ އެކިގޮތްގޮތުން
             ނާސިހެއް އަސަރު ފޯރުވި------------------------------

ޝާއިރިއްޔަތުގެ -------------------- ފުރުއްވާފައޭ
             އަދު --------------------------- ޤަޢުމު ރޮއްވާފައޭ

-------------- އަދަދު ކުރިޔަސް އަދަދު ގިނަކަމޭ
             ފޮތް ފޮތަށް ދެއްވި ތަކެތީގެ ގިނަ ގުނަ ކަމޭ

ގޮތްގޮތުން ތަރިކަވެސް-----------------------
             އަދު ވަޑައި ތިޔަގަތީ------------------------

އެކުވިޓީ 3 މަޒުމޫނު ތަރުތީބުކުރުން.

ކުޓިވިޓީ 3 މަޒުމޫނު

. ގުރޭޑް9
   *. މާއްދާ: ދިވެހި
   *. ސުރުޚީ: މަޒުމޫނުލިޔުން.

* މަގުޞަދު : ދެވިފައިވާ މަޒުމޫނު ގުރޫޕް މަޝްވަރާގެ މަތިން ތަރުތީބުކޮށް ރަނަގަޅަށް ލިޔެ ހުށަހެޅުން.
* އެހީ: ކޮންމެ ގުރޫޕަކަށް ލެޕެއް ނުވަތަ ނެޓް ބޭނުންކުރެވޭ ވަސީލަތެއް

އެކްޓިވިޓީ ކުރިއަށް ގެންދާނެގޮތް:
              ކުލާސް 3 ކުދިން ތިން ކުދިންނަށް ވުރެ ގިނަނުވާގޮތައް ބަހާލާށެވެ. މި ގޮތަށް ބެހުމުގައި ދަރިވަރުންގެ ޖިންސަށާއި، ޤާބިލްކަމަށާއި، ހުނަރުވެރިކަމަށް ރިޢާޔަތްކޮށް ވީހާވެސް ހަމަހަމަވާ ގޮތަކަށް ބަހާށެވެ. ބަހާލެވުނު ގުރޫޕް ތަކަށް ( ކޮންމެ ގުރޫޕަކަށް ) ތަރުތީބު އޮޅުވާފައިވާ މަޒުމޫނެއް ނަގަން ބުނާށެވެ. އެއަށްފަހު އެގުރޫޕަކުން އިޚްތިޔާރުކުރި މަޒުމޫނެއް ގްރޫޕް މެދުގައި މަޝްވަރާކުރުމަށްފަހު ރަނގަޅަށް ތަރުތީބުކުރާށެވެ.
           ގުރޫޕުގައި މަސައްކަތް ކުރާއިރު މައުޟޫއާއި މެދު ވިސްނާ ފިކުރު ކުރަމުން ޕެރެގުރާމް ހަމަޖައްސާ ތަރުތީބުކުރުމަށް ބާރުއަޅުވާށެވެ.  
            ދަރިވަރުންގެ މަސައްކަތް ނިމިމުން ދަރިވަރުން ތަރުތީބުކުރި މަޒުމޫނުގެ ކުލާހަށް ހުށައަޅާނީއެވެ. 

އެކުޓިވިތީ4

މާއްދާ: ދިވެހި ބަސް
ސުރުޚީ: އަދަބިއްޔާތު
ގްރޭޑް:9
މަޤުސަދު: މުހައްމަދު ޖަމީލްދީދީގެ ބަޔޮގްރަފީގެ އޯޑިއޯ އަޑުއެހުމަށް ފަހު  ދީފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ކޮންމެ ޤުރޫޕަކުންވެސް މަދުވެގެން 5 ސުވާލެއް ތައްޔާރުކޮށް ކުލާހަށް ހުށަހެޅުން.
އެހީ: ޖަމީލްދީދީގެ ބަޔޮގްރަފީ އާއި ބެހޭގޮތުން ހެދިފައިވާ އޯޑިއޯ.

ކުރިއަށް ގެންދާނެ ގޮތް:

-         ސުވާލު ހަދަން ވާގޮތުގެ އިރުޝާދު ދިނުން.
-         މުހައްމަދު ޖަމީލް ދީދީގެ ޕުރަފައިލަށް ހެދިފައިވާ އޯޑިއޯ ކޮންމެ ގުރޫޕަކަށް ދިނުން.
-         ކުދިން ނަށް ލިބުނު އޯޑިއޯ އަޑު އެހުމަށްފަހު ސުވާލްތައް ހެދުން.
-         ހުރިހާ ގުރޫޕުތަކުން ނިމުމުން ގްރޫޕު ތަކުގެ މެދުގައި ސުވާލްތައް ބަދަލްކޮށް ސުވާލުކަތައް ޗެކުކުރުވުން.
-         ސުވާލުތައް ކުލާހަށް ހުށަހެޅުވުން.
-         ގުރޫޕު މަސައްކަތަށް ކޮމަންޓް ކުރުން.

އެހީ:





އެކިޓިވިޓީ 5



އެކުޓިވިޓީ 5
މާއްދާ: ދިވެހި
ގްރޭޑް 9
ސުރުޚީ: ޑްރާމާ ލިޔުން
މަޤުސަދު: ދީފައިވާ ވީޑިއޯގެ މައްޗަށް ބިނާކޮށް ގުރޫޕުގައި 2- 4 މިނިޓުގެ ޑުރާމާއެއް ލިޔުން.
ކުރިއަށް ގެންދާގޮތް:
-         ޑްރާމާލިޔުމަކީ ކޮބާ ކަމާއި  ވިސްންވީ ކަންތަކަށް އަލިއަޚުވާލާ އޮޅުން ފިލުވައި ދިނުން.
-         މަލްޓި މީޑިއާ ބޭނުންކޮށް ވީޑިޔޯ ކުލިޕެއް ކުދިންނަށް ދެއްކުން.
-         ކުލާށް ގުރޫޕް ކުރުން 4 ކުދިން ހަތަރު ކުދިން ވާގޮތަށް.
-         ވީޑިޔޯކޮޅަށް ގްރޫޕް މަޝްވަރާއަށްފަހު ޑްރާމާކޮޅަށް ސްކުރިޕްޓް ލިޔުން.( ގްރޫޕުގައި)
-         އެއަށް ފަހު ކުދިން ލިޔުނު ޑްރާމާ ކުލާހަށް ހުށަހެޅުވުން.
-         ކުދިންގެ މަސައްކަތަށް ކޮމްނަޓް ކުރުން. ރަނަގަޅުކުރަންވީ ކަންތަކާއި އިތުރަށް އިސްލާހުކުރަންވީ ކަން ތައް ބުނެދީ ފިލާވަޅު ނިންމައިލުން.